މިއަދުގެ މިހާތަނަށް 4 މަރު

ކޯވިޑް-19ގައި މިއަދުގެ މިހާތަނަށް 4 ދިވެހިން ނިޔާވެއްޖެއެވެ. މިއާއެކު މިމަހުގެ މިހާތަނަށް 60 މީހުންވަނީ ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މިއަދު ފަތިހު 6:55 ހާއިރު ނިޔާވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

ކޯވިޑް ބަލީގައި ރޭ ފަތިހު 3:18 ހާއިރު ނިޔާވެފައިވަނީ އުމުރުން 77 އަހަރު ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

މިބަލީގައި ރޭ ފަތިހު 4:25 ހާއިރު ނިޔާވެފައިވަނީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔާ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ އިތުރުން ރޭ ދަންވަރު 2:02ހާއިރުވެސްވަނީ އިތުރު ދިވެއްސަކުވަނީ ނިޔާވެފައެވެ. އުމުރުން 81 އަހަރު މިމީހާއަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބަލީގައި އިއްޔެވެސް 6 މީހަކުވަނީ ނިޔާވެފައެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި 133 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 118 ދިވެހިންނާއި 15 ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!