އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ޤައުމުގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިޙާބުވި މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ކޯވިޑް-19 އާ ގުޅިގެން ދައުލަތުން އައްޑޫ ސިޓީ އަށް ދޫކުރާ ބަޖެޓާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުރުން ކައުންސިލްގެ މެންބަރުން ވަނީ، އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު މިނިސްޓަރާ ޙިއްސާކުރައްވާފައެވެ. އަދި އައްޑޫ ސިޓީގައި ރިސޯޓު ހުޅުވުމަށް ފިނޭންސް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ސަރުކާރުން ދަނީ އައްޑޫ ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދި މިއަހަރުތެރޭ އިތުރު މަޝްރޫޢުތަކެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!