ނިމްޝާގެ އެންމެ ފަހުގެ ފޮޓޯޝޫޓު ކަމުދިޔައީ ކޮން ބަޔަކަށް؟

ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި ނިމްޝާ ޒާހިރު އިންސްޓާގްރާމަށް ދޫކޮށްލި ފޮޓޯތަކަކަށް ގިނަ ބައެއްގެ ތަޢުރީފު ލިބިއްޖެއެވެ.

އެ ފޮޓޯތަކަކީ ނިމްޝާ އެންމެފަހުން މޮޑެލްކުރި ފޮޓޯޝޫޓުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ. ގިނަ ބަޔަކަށް ބޮޑަށް ކަމުގޮސްގެން އުޅެނީ އޭގައި ނިމްޝާ ލައިގެން ހުރި ހެދުމެވެ. އެއީ މަޝްހޫރު ފެޝަން ޑިޒައިނަރު ޝަދިޔާން (ސޭންޑީ) ފަހާފައިވާ ހެދުމެކެވެ. އަދި މި ފޮޓޯޝޫޓަށް ނިމްޝާގެ މޭކަޕް ކޮށްދީފައިވަނީ ‘މޭކަޕްބައިމިދޫ’ އެވެ.

ޒުވާން ފޮޓޯގްރާފަރު ސުހައިލް ނަގާފައިވާ މި ފޮޓޯތަކަށް އިންސްޓަގްރާމްގައި އެއްހާހަށްވުރެ ގިނަ ލައިކު ވަނީ ލިބިފައެވެ. ހަމައެހެންމެ، ޓިކްޓޮކްގައި ވެސް މި ފޮޓޯތަކަށް އަންނަނީ ތަރުހީބު ލިބެމުންނެވެ.

ޓިކްޓޮކުގައި ނަށައިގެން މަޝްހޫރުކަން ހޯދި ނިމްޝާއަކީ ކުރިން މޮޑެލްކުރި މީހެއްވެސް މެއެވެ. އަދި ދާދިފަހުން އޭނާ ވަނީ އަލުން މޮޑެލިންގ ކެރިއަރު ފަށައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!