ފޭނުންގެ އުންމީދު އާކޮށްދޭން ކަރީނާ ހިއްސާކުރީ ހިތްގައިމު ސެލްފީއެއް

އިންޑިއާއަށް މިވަގުތު ކުރިމަތިވެފައި އޮތް ކޮވިޑް-19 ގެ ބިރުވެރިކަމުގައި، އާންމުންގެ އުންމީދު އާކޮށްދިނުމުގެ ގޮތުން އެކްޓްރެސް ކަރީނާ ކަޕޫރު ހިއްސާކުރި ސެލްފީއަށް ފޭނުންގެ ލޯބި ލިބިއްޖެއެވެ.

ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ނަސޭހަތްތެރިވެ، ކަރީނާ މިއަދު ވަނީ އިންސްޓަގްރާމް ސްޓޯރީގައި ސެލްފީއެއް ހިއްސާކޮށްފައެވެ. ބޮލީވުޑްގައި ތިބި އެންމެ ރީތި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަރީނާ މީސްމީޑިއާގައި ޕޯސްޓުކުރާ އޭނާގެ ކޮންމެ ފޮޓޯއެއް ވައިރަލް ވެގެންދާ ފަދައިން މި ފޮޓޯއަށް ވެސް ވަނީ ގިނަ ބައެއްގެ ތަޢުރީފު ލިބިފައެވެ. އަދި އެ ފޮޓޯގައި ކަރީނާގެ ހަންގަނޑު ފެންނަލެއް އޮމާންވެފައި އުޖާލާކަމުން، އެކަމުގެ ސިއްރު އެނގެން ވެސް އެއްބަޔަކު ތިބީ ބޭނުންވެފައެވެ.

ކޮވިޑް-19 ގެ ބިރުވެރިކަމުގައި އާންމުންގެ ހިތްތަކުގައި އޮތް ނުތަނަސްވަކަން ފިލުވަން މަޝްހޫރު ތަރިން ދަނީ މީސްމީޑިއާގައި އެކި ކަހަލަ ޕޯސްޓުތައް ކުރަމުންނެވެ. އޭގެތެރެއިން ކަރީނާ ވެސް ދޭތެރެ ދޭތެރެއިން ފޭނުން ހިތްހަމަޖައްސައިދޭން މެސެޖުތަކާއެކު ޕޯސްޓުތައް ހިއްސާކުރަމުންދެއެވެ. މި ސެލްފީއަކީ ވެސް އެ ގޮތުގެ މަތިން ދޫކޮށްލި ސެލްފީއެކެވެ. ހަމައެހެންމެ، އުންމީދު ކަނޑައިނުލުމަށް ކަރީނާ ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!