މިއަދު ހަ މަރު، ޖުމްލަ އަދަދު 129 އަށް

މިއަދު އިރުއޮއްސުނު ފަހުން ކޯވިޑް-19ގައި 3 މީހުން ނިޔާވެ، މިބަލީގައި މިއަދު ނިޔާވި މީހުންގެ ޢަދަދު 6އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެންމެ ފަހުން ނިޔާވި 3 މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހުންނެވެ. އޭގެ ތެެރޭގައި ހިމެނެނީ 79 އަހަރުގެ ދިވެހި އަންހެނަކާއި، 69 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 76 އަހަރުގެ ދިވެހި ފިރިހެކެވެ.

މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 129އަށް އިތުރު ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 114 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޯވިޑް-19އަށް ފަރުވާ ދެމުންދިޔަ 3 ދިވެއްސަކު އިއްޔެވެސް ވަނީ ރާއްޖެއިން ނިޔާވެފައެވެ.

މިއަހަރު ފެށުނީއްސުރެ ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!