ކޭސްތައް އިތުރުވާތީ ޑަބްލިއުއެޗްއޯއިން އެހީވަނީ

ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުންދާތީ ރާއްޖެ ހިމެނޭހެން ދެކެނު އިރުމަތީ އޭޝިއާ ގައުމުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އެހީދޭން ނިންމައިފި އެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް އޮފީހުން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ މިހާރުވެސް 340 މެޓްރިކް ޓަނުގެ ބޭހާއި ސިއްހީ އެކިއެކި ތަކެތި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާތަކުގައި ރާއްޖެއާއި ބޫޓާންއާއި ނޭޕާލް އަދި ސްރީލަންކާއަށް ބޭނުންވާ މެޑިކަލް ތަކެތީގެ މިންވަރު ދެނެގަތުމަށްފަހު އެތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރު ޕޫނަމް ސިންގް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައިވެސް ހޮސްޕިޓަލް އެނދާއި، އޮކްސިޖަން ކޮންސެންޓްރޭޓް، ޓެންޓް އަދި ޕީޕީއީ ފަދަ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހަފްތާ އެކަނިވެސް 4000 އޮކްސިޖަން ކޮންސެންޓްރޭޓަރާއި، 120 އަށް ވުރެ ޓެންޓާއި 400 މެޑިކަލް އެނދުގެ އިތުރުން 650،000 ޓެސްޓު ކިޓް ނިއު ދިއްލީއަށް ވަނީ ފޯރުކޮށްދީފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!