އުނގޫފާރު މަގު ސަބްގްރޭޑް ކުރުމުގެ މަސައްކަތުގެ 86 އިންސައްތަ ނިއްމާލައިފި

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތްތަކުގެ 86 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އޭބީސީ ފަށަލަ އެޅުމަށް ހަމަޖެހިފައި ވަނީ 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކަމަށެވެ. އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!