ހުޅުމާލެ ފެސިލިޓީގައި ތިބި ބަލި މީހުންގެ ހާލު ބަލަން ކޯލް ސެންޓަރެއް!

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ހާލު ބަލަން ގުޅާނެ ނަންބަރެއް ތައާރަފްކޮށްފި އެވެ.

ފެސިލިޓީތަކަށް ގެންދާ މީހުންގެ ހާލަތު ބެލޭނެ ގޮތެއް ނެތުމަކީ އާއިލާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ފެސިލިޓީއަށް ގެންގޮސް ފަރުވާ ދެމުން ދަނީ އުމުރުން ދުވަސްވީ މީހުންނާއި ހާލަތު ގޯސްވުމުގެ ފުރުސަތު އޮތް ހައި ރިސްކް މީހުންނެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ހާލު ބަލަން ގުޅާނެ ނަންބަރެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެއީ 3022221 ނަންބަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!