ބުދަ ދުވަހުން ފެށިގެން ކޮވިޑް ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފި

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ބުދަދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26ވާ ބުދަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް މާލެ ސަރަޙައްދު ފުރަބަންދުކުރުމަށް ނިންމާފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ މިބަލީގައި ހާލުބޮޑުވާ މީހުންނާއި ނިޔާވާމީހުން ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންދާތީ އެޗްއީއޯސީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިމަސައްކަތް ހަލުވިކުރުމަށްޓަކައި ވަޒީރުން ހިމެނޭ ޓާސްކްފޯހެއް މިހާރު އެކުލަވާލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ބުދަ ދުވަހު އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މިހާރު މަޝްވަރާތައް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް އިތުރުވެ މިބަލީގައި ހާލުބޮޑުވާ މީހުންނާއި ނިޔާވާމީހުންވެސް އިތުރުވަމުންދާތީ ބަލީގެ ނުރައްކާ ކުޑަކުރުމަށް މިހާރުވެސްދަނި މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ.

އެގޮތުން މިހާރުވެސް ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން ފެށިގެން ފަތިހު 04:00އާ ހަމައަށް މާލެ ސަރަޙައްދުގައި ދަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން އެވަގުތުތަކުގައި ބޭރަށް ނުކުރުތުމާއި އެއްގަމު އުޅަނދު ދުއްވުންވަނީ މަނާކޮށްފައެވެ. އަދި ކޭފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއިންބުއިން ހުއްޓާލުމާއި، ބަލިން ރައްކާތެރިވުމަށް އޭނޫންވެސް ތަފާތު ފިޔަވަޅުތަކެއްދަނީ ތަންފީޒުކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!