ކޮވިޑް ޖެހިގެން ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ އަވަހާރަ ވެއްޖެ

ކުރީގެ އޮޑިޓާ ޖެނަރަލް އިސްމާއީލް ފަތުހީ މިއަދު އަވަހާރަވެއްޖެ އެވެ.

އިސްމާއީލް ފަތުހީ އަވަހާރަވީ ކޮވިޑް 19އަށް ޕޮޒިޓިވްވެ ފަރުވާ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނި ކޮށެވެ. އިސްމާއީލް ފަތުހީގެ އަނބިކަނބަލުން ވެސް މިވަގުތު ގެންދަވަނީ ކޮވިޑަށް ފަރުވާ ހޯއްދަވަމުންނެވެ.

އިސްމާއިލް ފަތުހީ އަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ބޮޑުވަޒީރުގެ ނާއިބް އަލްއުސްތާޒް މޫސާ ފަތުހީގެ ކޮއްކޮ އެވެ.

މި މަރާ އެކު ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 126 އަށް ވަނީ އަރާފައެވެ. މި މަހު ޖުމްލަ 53 މީހަކު މި ބަލީގައި މަރުވެފައި ވާއިރު، މި މަރާއެކު މިއަދު ވަނީ 3 މީހަކު މި ބަލީގައި މަރުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!