އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝަރީފް

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ހ.ޔެލޯރޯޒް، މުޙައްމަދު ޝަރީފު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު ޝަރީފަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްގެ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިނގް ވިތު މެނޭޖްމަންޓް އިން މާސްޓަރސް އޮފް އިންޖިނިއަރިން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން މުޙައްމަދު ޝަރީފު އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމެވެ. އަދި މުހައްމަދު ޝަރީފަކީ 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޯޑު ތަމްޞީލުކުރައްވަމުންދާ ބޭފުޅެކެވެ.

ޝަރީފް އަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި ޝަރީފް ވަނީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަދި ހެޑް އޮފް ނެޓްވޯކްސް މަގާމުވެސް ފުރުއްވާފައެވެ.

ޝަރީފް ވަނީ އައިޓީ ދާއިރަގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަނިން ބޯޑުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންހަމް އިން މާސްޓާ އޮފް އިންޖިނިއަރިން ވެސް ހާސިލު ކުރައްވާފައެވެ. ޝަރީފް ވަނީ ސައިރިކްސް ކޮލެޖްގެ އެކަޑެމިކް ޑިވެލޮޕްމަންޓްގެ ވައިސް ރެކްޓާގެ މަގާމުވެސް އަދާކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!