ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި މީހުން އަދިވެސް ނުފެނޭ

ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރުވެސް ކޮވިޑަށް ޕޮޒިޓިވް އެވެ. އެ މީހުން ފިލީ ބަންދުން ދޫކޮށްލުމަށް ފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށެވެެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދިވެސް އެ ދެ މީހުންގެ ހަބަރެއް ނުވާ ކަމަށާއި އަދި އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ފިލި ދެ މީހުންނަކީ ހޯދަން ފޮޓޯ އާންމު ނުކުރަނީ އެ ދެ މީހުންނަކީވެސް ބަންދުގައި ތިބި ބަޔަކަށް ނުވާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!