ކޮނޑޭ ރައީސްގެ ވޯޓު އަލުން ގުނަން ހައިކޯޓުން އަމުރުކޮށްފި

މިދިޔަ މަހުގެ 10ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓް އަލުން ގުނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އެކޯޓުން އަލުން ވޯޓް ގުނުމަށް އަންގާފައިމިވަނީ ކައުންސިލް އިންތިޚާބާއި ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީ ހުށައެޅި އިންތިޚާބީ ޝަކުވާގެ މައްސަލާގައެވެ.

މި މައްސަލާގައި ހުކުމް ނިމެންދެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މައްޗަށް ހައިކޯޓުން ކުރިން އޮތީ އަމުރުކޮށްފައެވެ. ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީ އިންތިޚާބީ ޝަކުވާ ހުށައެޅީ ބާތިލް ވޯޓާއި ސައްހަ ވޯޓް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތުންނެވެ.

މި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމްގައި ވަނީ ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ބެހެއްޓި 3 ވޯޓް ފޮއްޓެއް އަލުން ގުނާ ނަތީޖާ ކަނޑައަޅަންޖެހޭ ހާލަތެއް މެދުވެރިވެފައިވާކަމަށް ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން އެވޯޓް ފޮށިތައް އަލުން ގުނުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!