ކޮވިޑު ޖެހިގެން 125 ވަނަ މީހާ ނިޔާވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވީ، އުމުރުން 62 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. މި މީހާ ނިޔާވީ، މިއަދު ހެނދުނު 10:49 ގައެވެ. މިއީ މި ބަލީގައި ރާއްޖެއިން މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު ހެނދުނު އިތުރު މީހަކުވެސް މި ބަލީގައި ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އެ މީހާ ނިޔާވެފައިވަނީ ހެނދުނު 08:07 ގައެވެ.

މި ދެ މަރާއެކު މިހާތަނަށް ރާއްޖެއިން 125 މީހުންވަނީ ކޯވިޑްގެ ނުރައްކާތެރި ބަލީގައި ދުނިޔޭ ދޫކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 110 ދިވެހިންނާއި 15 ބިދޭސީންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!