އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތަށް މާދަމާ އިއުލާން ކުރަން ސަރުކާރުން ނިންމައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދައި، އަގުތައް އިއުލާނު ކުރާނީ މާދަމާ ރައީސް އޮފީހުން  އޮންލައިންކޮށް ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

އިންޓަނެޓުގެ ހެޔޮ އަގުތައް އިއުލާން ކުރާނެ ކަމަށް ބެލެވޭއިރު އާ އަގުތައް މިހާރުގެ އަގުތަކަށްވުރެއް ގާތްގަނޑަކަށް 20 އިންސައްތަ ހެޔޮވާނެ އެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!