ކޮވިޑް-19 ގައި އިތުރު މަރެއް، ޖުމުލަ އަދަދު 124 އަށް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 08:07 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި ވާކަމަށެވެ. މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 124 އަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!