އައްޑޫ ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާއާއި އެ އިދާރާގެ ދަށުން ހިންގަމުންދާ އަވަށު އޮފީސްތަކުން ދެމުންދާ އެންމެހާ ޚިދުމަތްތައް ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެގޮތުންނެވެ.

މިކަމާގުޅޭގޮތުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އެންގުމުގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އާ ގުޅިގެން، ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އައްޑޫ ސިޓީ މޮނިޓަރިންގއަށް ލާފައިވާތީއާއި މިވަގުތު އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އެންމެހާ ޚިދުމަތްތައް ދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ. އަދި އެ އިދާރާގެ ދަށުން ހިންގަމުންދާ އަވަށު އޮފީސްތަކުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތްތައް ދިނުން މެދުކަނޑާލި ނަމަވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި، ސޯޝަލް ސަޕޯޓް ޑެސްކްތަކުން ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!