ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދަނީ ކޮން ފިލްމެއް؟

ބޮލީވުޑްގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ޚުދު އޭނާއަށް އެންމެ ކަމުދަނީ ކޮން ފިލްމެއްކަން އެނގޭ ހެއްޔެވެ؟

55 އަހަރުގެ އެކްޓަރު މީގެކުރިން ދީފައިވާ އިންޓަވިއުތަކުން އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އޭނާގެ އަމިއްލަ މަސައްކަތްތަކުގެ ތެރެއިން، އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ، ބަތަލެއްގެ ގޮތުގައި ކުޅުނު އަލަތު ފިލްމު “މޭނޭ ޕިޔާރު ކިޔާ” ކަމަށް ވަނީ ބުނެފައެވެ.

“މޭނޭ ޕިޔާރު ކިޔާ” އަކީ 1989 ވަނަ އަހަރު ނުކުތް ލޯބީގެ ފިލްމެކެވެ. ސޫރަޖް ބަރްޖަތުޔާ ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި ބަތަލާގެ ރޯލު ކުޅެފައިވަނީ އެދުވަސްވަރު ބޮޑު މަޝްހޫރުކަމެއް ހޯދި ބަގްޔާޝްރީ އެވެ. ބަގްޔާޝްރީ މިހާރު ފިލްމީ ދާއިރާއިން ނުފެނެއެވެ.

ކޮންމެއަކަސް، “މޭނޭ ޕިޔާރު ކިޔާ” ގައި ސަލްމާން ކުޅުނު ‘ޕްރޭމް’ ގެ ކެރެކްޓާއަށް ވަނީ ބެލުންތެރިންގެ ލޯބި ލިބިފައެވެ. އެ ފަހުން ނުކުތް އެހެން ބައެއް ފިލްމުތަކުގައި ވެސް ސަލްމާން ވަނީ ޕްރޭމްގެ ރޯލު އަދާކޮށްފައެވެ.

“މޭނޭ ޕޔާރު ކިޔާ” ގެ ލަވައެއް

ފާހަގަކޮށްލަންޖެހޭ ކަމަކީ، ފަހަކަށް އައިސް ސަލްމާން ކުޅެނީ ލޯބީގެ ފިލްމުތަކަށްވުރެ އެކްޝަން ޖޯންރާގެ ފިލްމުތައް ކަމެވެ. އެގޮތުން ދާދިފަހުން ނުކުތް “ރާދޭ” އަކީ ވެސް އެކަހަލަ ތަޅާފޮޅާ ފިލްމެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!