މޯލްޑިވްސް ވިތު ފަލަސްތީން ގްރޫޕު ފޭސްބުކުން ނެރެލައިފި

ދިވެހިންގެ މެދުގައި ފަލަސްތީނަށް އޮތް ލޯތްބާއި އެއްބައިވަންތަކަން ދެއްކުމަށްޓަކައި ދިވެހި ޒުވާނުންތަކެއް އިސްވެ އުފެއްދި ފޭސްބުކް ގްރޫޕް “މޯލްޑިވްސް ވިތު ފަލަސްތީން” އެ ޕްލެޓްފޯމުން މިއަދު ބޭރުކޮށްލައިފިއެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމާލަތަކާ ދެކޮޅަށް އަޑުއުލުމަށްޓަކައި ރާއްޖޭގައި ބާއްވާ ހުރިހާ ހަރަކާތްތަކެއްގެ އެންމެ ފަހުގެ މައުލޫމާތު މި ގްރޫޕުން ލިބެން ހުއްޓެވެ. އޭގެ ތެރޭގައި އިވެންޓުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިމެނެއެވެ. ފޭސްބުކުން އެ ފިޔަވަޅު އެޅި ސަބަބެއް ސާފުނުވާއިރު، އެ ގްރޫޕްގެ މެމްބަރުންގެ ގޮތުގައި 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ތިއްބެވެ.

މި ގްރޫޕް ހުއްޓުވިއިރު، ފަލަސްތީނާ އެއްކޮޅަށް އަންނަ ހަފުތާގައި ވެސް ޚާއްސަ ހަރަކާތްތަކެއް ބާއްވަން އައީ ރާވަމުންނެވެ.

“މޯލްޑިވްސް ވިތު ފަލަސްތީން” ފޭސްބުކުން ނެރެލާފައިވާއިރު، އިޒުރޭލާ ދެކޮޅަށް އަޑުއުފުލާ މީހުންނާއި ޕޭޖުތަކާއި އަދި ގްރޫޕްތައް ވެސް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތަކުން މި ދުވަސްކޮޅު ހުއްޓުވަމުން ދާކަން ފާހަގަކުރެވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!