ކޮވިޑް ވެކްސިން އިތުރު 673 މީހުން ފުރިހަމަކޮށްފި

ރާއްޖޭގައި ކޮވިޑް-19 ދިފާޢު ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 673 މީހަކު ފުރިހަމަކޮށްފިއެވެ.

މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 153،000 އަށްވުރެ މައްޗަށް އަރައިފައެވެ.

ހުކުރު ދުވަހު ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ އަތޮޅުތަކުގައި އެކަންޏެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒް 82 މީހުން ވަނީ ޖަހައިފައެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 305،401 އަށް އަރައިފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!