ކޮވިޑް ޖެހިގެން 39 އަހަރުގެ މީހަކު މަރުވެއްޖެ

ރާއްޖެެއިން ކޮވިޑް-19 ބަލީގައި އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ.

 މިރޭ 8:25 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 39 އަހަރުގެ އަންހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ހާމަކުރެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 123 އަށް މިވަނީ އަރައިފައެވެ.

މިއަދު މި ބަލީގައި ތިން މީހަކު މިވަނީ މަރުވެފައެވެ. މިއަދު އެންމެ ފުރަތަމަ މަރުވީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން، 59 އަހަރުގެ ފިރިހެނަކު ވެސް މަރުވިއެވެ. މި ދެ މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ދެ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދު މި މަހު މިވަނީ ރިކޯޑު އަދަދަކަށް އިތުރުވެފައެވެ. އެގޮތުން މި މަހުގެ މިހާތަނަށް 50 މީހަކު މިވަނީ އެ ބަލީގައި މަރުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!