އުމުރުން ދޮށީ އަންހެނަކު ހަޔާތުގެ ބައިވެރިއަކަށް ހެދުމާ ބެހޭގޮތުން އަރްޖުން ބުނަނީ މިހެން

ކުރީގެ ކައިވެންޏަށް ދަރިއަކު ލިބިފައިވާ އުމުރުން ދޮށީ އަންހެނަކާ ލޯބީގެ ގޮތުން ގުޅުމާ ބެހޭގޮތުން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރްޖުން ކަޕޫރު ވާހަކަދައްކައިފިއެވެ.

އަރްޖުން، 35، ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާއަށްވުރެ 12 އަހަރު ދޮށީ މަލައިކާ އަރޯރާއާ އެވެ. މަލައިކާ އަކީ މަޝްހޫރު މޮޑެލް އެއް އަދި އެކްޓްރެސް އެކެވެ. މިދެމީހުން ރައްޓެހިވެގެން އުޅޭކަމަށް އެއްބަސްވީ 2019 ގައެވެ. އެކަމަކު އެ ގުޅުމާ ބެހޭގޮތުން ދެމީހުންވެސް މީޑިއާތަކުގައި ފާޅުގައި ވާހަކަ ދައްކައެއް ނޫޅެއެވެ.

އެހެންނަމަވެސް، ‘ދަ ފިލްމު ކޮމްޕޭނިއަން’ އަށް އަރްޖުން ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ އެކަމަށް އަލިއަޅުވާލައިަފއެވެ. އަރްޖުން ބުނީ، ކުރިން ކައިވެންޏެއް ކޮށް ދަރިއަކު ލިބިފައިވާ އަންހެނަކު ހަޔާތުގެ ބައިވެރިއަކަށް ހަދާއިރު އެންމެ ބޮޑަށް ވިސްނަންޖެހޭނީ ބައިވެރިޔާއަށް ދޭންވާ އިހުތިރާމު ދިނުމަށް ކަމަށެވެ. އަރްޖުން ބުނީ އޭނާ އެ ގުޅުމާ ބެހޭގޮތުން މާގިނައިން ވާހަކަދައްކައި ނޫޅެނީ، މަލައިކާއަށް އިހުތިރާމު ކުރާތީ ކަމަށެވެ. އަދި މަލައިކާގެ މާޒީއާ ބެހޭގޮތުން ބައެއް އިންޓަވިއުތަކުގައި މީހުން ސުވާލުކުރާ ކަމަށާއި، އެކަހަލަ ވާހަކަތައް ދައްކަން އޭނާ ބޭނުންނުވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނީ، މަލައިކާގެ ދަރިއަކު ހުންނާތީ، ދަރިފުޅަށް އެކަމުން އެއްވެސް އަސަރެއް ކުރިޔަ ނުދޭން ކަމަށެވެ.

“އަހަރެމެން އެކަކު އަނެކަކަށް އިހުތިރާމު ކުރަން. އަދި ވަކި މިންގަނޑުތަކެއް ހިފަހައްޓައި، އެ މިންގަނޑުތަކުން ބޭރުނުވާން މަސައްކަތް ކުރަން. އަހަރެންގެ މަސައްކަތާއި، އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަކީ ތަފާތު ދެ އެއްޗެއްގެ ގޮތުގަ ބާއްވަން ބޭނުންވަނީ”، އަރްޖުން ބުނެފައިވެއެވެ.

އަރަޖުން އެ މޭރުމުން ވާހަކަދައްކާފައި ވާއިރު، މަލައިކާ އަރޯރާ މީގެކުރިން އަރްބާޒް ޚާން (ސަލްމާން ޚާންގެ ކޮއްކޮ) އާ ކުރި ކައިވެންޏަށް ލިބިފައިވާ ފިރިހެން ކުއްޖަކު ހުރެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!