ޝްރެޔާ ގޯޝާލް އަށް ފިރިހެން ކުއްޖެއް

އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝާލް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

37 އަހަރުގެ ލަވަކިޔުންތެރިޔާ އިންސްޓަގްރާމް މެދުވެރިކޮށް އެކަން އިޢުލާނުކުރަމުން ބުނީ، އިއްޔެ މެންދުރު އޭނާ ވިހާފައިވާ ކަމަށާއި އެމީހުންނަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށެވެ. ޝްރެޔާ ބުނީ ދަރިއަކު ލިބުމުން ކުރެވޭ އުފާވެރި އިހުސާސް މީގެކުރިން ތަޖުރިބާ ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއާއި އޭނާގެ ފިރިމީހާ ޝިލަދިތިޔާ އަދި އެމީހުންގެ އާއިލާ ތިބީ އުފަލުން ފޮޅިފައި ކަމަށް ބުންޏެވެ.

“އެންމެންގެ ފަރާތުން ލިބެމުންދާ ހެޔޮއެދުންތަކަށް ޝުކުރިއްޔާ”، ޝްރެޔާ ލިޔެފައިވެއެވެ.

ކާމިޔާބު އެތައް ފިލްމުތަކަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ޝްރެޔާ، ވިޔާފާރިވެރިޔާ ޝިލަދިތިޔާއާ ކައިވެނިކުރީ 2015 ގައެވެ. އެދެމަފިރިންނަށް ދަރިއަކު ލިބިފައި މިވަނީ އަލަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!