އަނެއްކާވެސް އިމާރާތަކުން މީހަކު ވެއްޓި ޒަހަމްވެއްޖެ

ހުޅުމާލޭގައި ހުރި އިމާރާތެއްގައި އޭސީ އައުޓްޑޯ ޔުނިޓެއް ހަރުކުރަން އުޅުނު މީހަކު ވެއްޓި، ޒަޚަމްވެއްޖެއެވެ.

ވެއްޓިފައިވާ މީހާ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ޓްވީޓްކުރި މީހަކު ބުނެފައިވަނީ ވެއްޓި ޒަހަމްވީ ބިދޭސީއެއް ކަމަށާއި އެ މީހާ ވެއްޓުނީ ހުޅުމާލޭގައި ސޭފްގޭޓް ކިޔާ ފިހާރަ ހުންނަ އިމާރާތުގެ ދެ ވަނަ ބުރިން ކަމަށެވެ.

ފުލުހުން ވިދާޅުވީ ވެއްޓުނު މީހާއަކީ އިމާރާތުގައި އޭސީއެއްގެ އައުޓްޑޯ ޔުނިޓެއް ހަރުކުރަން އުޅުނު މީހެއް ކަމަށާއި، އެ މީހާ ވެއްޓުނީ އައުޓްޑޯ ޔުނިޓާ ވެސް އެކީގައި ކަމަށެވެ.

އާންމުވި ވީޑިއޯއިން ފެންނަނީ އެ މީހާގެ އަނގަމަތި ޒަހަމްވެ ލޭ ފައިބާފައިވާ ތަނެވެ. އެއާއެކު، ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އިއްޔެ ރޭ ވެސް ހުޅުމާލޭ އިމާރާތަކުން މީހަކު ވެއްޓިފައި ވާއިރު ރޭ މާލޭގައި ވެސް ވަނީ މީހަކު އިމާރާތަކުން ވެއްޓިފައެވެ. މި ދެ މީހުންނަށް ވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ކުރިން ހުޅުމާލޭގެ އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވައި ފެނުނު މީހާ އަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ވެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!