ކޮވިޑް ބަލީގައި ވަކީލު ޒަނީން ނިޔާވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ފަރުވާ ހޯއްދަވަމުން ދަނިކޮށް ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް މިއަދު ނިޔާވެއްޖެއެވެ.

ވަކީލް ޒަނީން ނިޔަވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލީޓިގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. ޒަނީން ނިޔާވިއިރު، އުމުރުފުޅަކީ 59 އަހަރެވެ.

މިސްރުގެ އަޒްހަރު ޔުނިވަސިޓީން ތައުލީމް ހާސިލް ކުރެއްވި ޒަނީނަކީ ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2013 ގެ ރިޔާސީ އިންތިޚާބުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ ވަކީލުންގެ ޓީމުގައި ވެސް އޭނާ ހިމެނިވަޑައިގަތެވެ. ޖިނާއީ އަދި މަދަނީ ގިނަ މައްސަލަތެއްގައި ވެސް ޒަނީން ވަކާލާތު ކުރެއްވިއެވެ.

ޒަނީންގެ މަރާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 122 އަށް އަރައިފައެވެ. އޭގެތެރޭގައި ހިމެނެނީ107 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި މަހަށް ވެފައިވާއިރު، މި މަހު އެކަނިވެސް މިހާތަނަށް 48 މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!