މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށައިފި

މާލެސިޓީގެ މަގުތައް ޑިސްއިންފެކްޓްކޮށް ދޮންނަން ފަށައިފިއެވެ.

މާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފައްޓާފައިވަނީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.

މިއަދު ފެށި ޑިސްއިންފެކްޓު ކުރުމުގެ ޕްރޮގުރާމުގެ ދަށުން އެންމެ ފުރަތަމަ ސާފުކުރާނީ އެންމެ ގިނައިން މީހުން އެއްވެ އުޅޭ ސަރަހައްދުތަކެވެ. ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލޭގެ މަސް މާރުކޭޓު ސަރަހައްދުންނެވެ.

މާރުކޭޓުތައް ސާފުކުރުމުގެ މަސައްކަތް ނިމުމަށްފަހު ފެރީ ޓާމިނަލްތަކާއި އައިޖީއެމް ހޮސްޕިޓަލް ހުންނަ މަގު ޑިސް އިންފެކްޓު ކުރާނެ އެވެ. އަދި އޭގެ ފަހުން މާލޭގެ ހުރިހާ މަގުތަކެއްވެސް ސާފުކޮށް ޑިސްއިންފެކްޓު ކުރާނެ އެވެ.

މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ މަގުތައްވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހފައިވާކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!