ފަލަސްތީނާ ދެކޮޅަށް ޕޯސްޓްކުރި ޅައިމަގު ސްކޫލު ޓީޗަރަކު ރަށުން ބާލައިފި

ފަލަސްތީނާ ދެކޮޅަށް ސޯޝަލް މީޑީއާގައި ޕޯސްޓެއް ކުރި ށ.ޅައިމަގު ސްކޫލުގެ ޓީޗަރަކު ރަށުން ބާލައިފިއެވެ.

ފުލުހުން މިއަދު ބުނީ ޅައިމަގުގައި ބިދޭސީ ޓީޗަރަކާއި މެދު ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ޓީޗަރު މީހާ ރަށުން ބޭލުމަށް ގޮވަމުންދިޔަ ކަމަށެވެ. އަދި ޓީޗަރުގެ ރައްކާތެރިކަމަށްޓަކައި ފުލުހުން އެރަށަށް ދިޔަ ކަމަށާއި އަދި އެ ޓީޗަރު މީހާ އެރަށުން ބާލާފައިވާ ކަމަށެވެ. އެ ޓީޗަރަކީ އިންޑިއާގެ ރައްޔިތެކެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިމިވަނީ އިޒްރޭލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމުން ހދ.ހަނިމާދޫ ސްކޫލްގެ ޓީޗަރަކު ވަޒީފާ އިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!