ކޮވިޑަށް ޕޮޒިޓިވް ދެމީހަކު ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފި

ކޯވިޑަށް ޕޮޒިޓިވްވުމުން ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހަކު ހޮދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުންނަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންކަމަށެވެ. އަދި މި ދެމީހުންވެސް ބަންދުކުރިއިރު ކޯވިޑް ޕޮޒިޓިވްވެފައިވާތީ ބަންދުދޫކޮށްލާ މި މީހުން އެޗްޕީއޭއާއި ހަވާލުކުރިކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ފިލާފައިވަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކޯވިޑް ފެސިލީޓީއަށް ގެންދަނިކޮށް ރޭގެ ވަގުތެއްގައިކަމަށެވެ. އެހެންނަމަވެސް މި މީހުންނާއި ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!