ހުޅުމާލެއިން ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެ


ހުޅުމާލޭގެ މަގުމަތިން ގިނަ އަދަދެއްގެ ޒަޚަމްތަކަކާއެކު ވެއްޓިފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ނިރޮޅު މަގު ހަ ނަމްބަރު ގޯޅީގައި އަނިޔާތަކަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ.

ވެއްޓިފައި އޮއްވައި ފެނިފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ ޒުވާނާ އައިޖީއެމްއެޗަށް ގެންދެވުނުއިރު، އޭނާގެ ހޭވެރިކަމެއް ނެތެވެ.

އެމީހާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!