ހޮޓަލެއްގައި ތިބި ބަޔަކު ލަވަ ޖެހުމުން ރާއްޓޭ ހިތްހަމަނުޖެހިއްޖެ

ހޮޓަލަކަށް ވަދެ ކާން އިންދައި، އެހެން މޭޒެއްގައި ތިބި ބަޔަކު އަޑުބާރުކޮށް ލަވަޖެހުމުން، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރާޒިގް އަލީ (ރާއްޓޭ) ހިތްހަމަނުޖެހިގެން އެވާހަކަ ފޭސްބުކްގައި ހިއްސާކޮށްފިއެވެ.

ކުރިން ބޮޑުބެރު ލަވަ ކިޔައިގެން މަޤުބޫލުކަން ހޯދި ރާއްޓޭ މިހާރު އެ ދާއިރާ ދޫކޮށް އުޅެނީ ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމުގައެވެ. އެގޮތުން އިސްލާމް ދީނަށް މީހުން އަހުލަވެރިކުރުވުމަށް، ފޭސްބުކް މެދުވެރިކޮށް ވަރަށް ގިނައިން ޕޯސްޓުކުރެއެވެ.

ރާއްޓޭ މިރޭ ފޭސްބުކްގައި ޖެހި ސްޓޭޓަސްގައި ބުނީ، މިއަދު އޭނާ އެކަނި ހޮޓަލަށް ކާން ވަދެ، ކާ އެއްޗަކަށް އޯޑަރު ކުރި ހިސާބުން އެހެން މޭޒެއްގައި ތިބި ބަޔަކު އޭނާ ކައިނިމެންދެން އަޑުގަދަކޮށް ލަވަޖަހަމުންދިޔަ ކަމަަށެވެ.

“މިތަނަށް އައިސް ވައިންއިރުވެސް ނުޖަހާ ލަވައެއް” ރާއްޓޭ ލިޔެފައިވެއެވެ. އޭނާ އެ އަމަލު ސިފަކޮށްފައިވަނީ އޭނާއަށް އަމާޒުކޮށް ކުރި “ޖެއްސުމެއްގެ” ގޮތުގައެވެ.

“އެހެން މީހުންވެސް ދުނިޔޭގަ އުޅޭކަން ހަނދާން ނެތޭ ލަވާ ޖަހާ މީހުން!” ރާއްޓޭ ބުންޏެވެ. އޭނާ ބުނީ އެމީހުން އަމިއްލައަށް އުފާވީމައި ނިމުނީ ކަމަށާއި، އެހެން މީހަކަށް އުނދަގޫވޭތޯ ބަލާލުމެއް ނޯންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!