އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑުކޮށްފި

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ސަލަފު ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް މިރޭ ސަސްޕެންޑުކޮށްފިއެވެ.

އަލީ ރަމީޒު ބުނީ، އޭނާގެ ޓްވިޓާ އެކައުންޓް ވަގުތީ ގޮތުން ސަސްޕެންޑް ކުރިކަން އެނގިފައިވާ ކަމަށާއި، އެކައުންޓް އަލުން ހޯދަން ލިޔެފައިވާނެ ކަމަށެވެ. ނަމަވެސް ޓްވިޓާއިން އެ ފިޔަވަޅު އެޅީ ކީއްވެގެން ކަން އެނގިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ޓުވިޓާއިން އަލީ ރަމީޒުގެ އެކައުންޓު ސަސްޕެންޑުކުރި އިރު، އޭނާއަށް ފޮލޯކުރާ 28،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.

އަލީ ރަމީޒުގެ އެކައުންޓު ހުއްޓުވުމުގެ ކުރިން އޭނާ ދިޔައީ މިދިޔަ ރޯދަ މަހުގެ ފަހު 10 އިން ފެށިގެން އިޒުރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، ސޯޝަލް މީޑިއާގެ ދެ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކާއި ޓުވިޓާގައި ވެސް ވަރަށް ގިނަ ވާހަކަތައް ދައްކަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!