އިތުރު 1603 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 1603 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ހާމަކުރި އަދަދުތަކުގެ ތެރޭގައި ކުރިން ކޮވިޑް ސާމްޕަލް ނަގާފައިވާ މީހުން ހިމެނޭ ކަމަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނުބުނެއެވެ. އެހެންކަމުން ބެލެވެނީ މިއީ މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން 1025 މީހުންނާއި، އަތޮޅުތެރެއިން މީހުން ދިރިއުޅޭ ރަށްތަކުން 571 މީހުންނާއި ރިސޯޓުތަކުން 7 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 52،405 އަށް އަރައިފެވެ.

މިރޭ އިއުލާން ކޮށްފައި ވަނީ 6320 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެން ޕޮޒިޓިވްވި މީހުންގެ އަދަދުތަކެވެ.

ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު އުޅެނީ 21،079 ގައެވެ. އޭގެތެރެއިން 286 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އެބަތިއްބެވެ. އެ ބަލީގައި މިއަދު މަރުވި މީހުންގެ އަދަދަކީ 4 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!