އާލިއާ އާއި ރަންބީރުގެ ބްރައްމަސްތުރާ ރިލީޒް ކުރާނީ އަންނަ އަހަރު؟

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ބޮލީވުޑް ފިލްމު “ބްރައްމަސްތުރާ” ރިލީޒް ކުރަން ނިންމާފައި އޮތީ އަންނަ 2022 ވަނަ އަހަރުގެ ހޫނުމޫސުމުގައި ކަމަށް ފަހުގެ ރިޕޯޓުތައް ބުނެފިއެވެ.

“ބްރައްމަސްތުރާ” އަކީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ދެތަރިން އުޅެނީ ހަގީގީ ދިރިއުޅުމުގައި ލޯބީގެ ގޮތުން ގުޅިގެންނެވެ. މި ފިލްމަށް އެހާ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެއް ސަބަބަކީ ވެސް އެއީ އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި، އެ ފިލްމުގެ ބޮޑުބައި ނިމިފައި އޮތަސް، ޝޫޓުނުކޮށް ހުރި ބައެއް މަންޒަރުތައް ހުރުމުގެ ސަބަބުން، އެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު ނޫނީ ނޮވެމްބަރު ހިސާބުގައި ނިންމައިލެވޭތޯ ފިލްމުގެ ޑައިރެކްޓަރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަން ވާން އޮތީ އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު މިހާރަށްވުރެ ރަނގަޅުވުމުންނެވެ.

އެ ފިލްމުގެ އެކްޓަރުން ހާމަކުރިގޮތުގައި، އެ ފިލްމު އަޅުވަން އެންމެ ރަނގަޅުވާނީ ބޮޑު ސްކްރީންގައި ކަމަށެވެ. ފިލްމު ނޭޅުވި އެހާ ދުވަސް މިވަނީ ވެސް އެ އަޒުމުގައި ޕްރޮޑަކްޝަން ޓީމު އޮތުމުން ކަމަށް ބުންޏެވެ. އެއީ، ކޮވިޑްގެ ހާލަތު ރަނގަޅު ނުވަނީސް ތިއޭޓަރުތަކުގައި ފިލްމު އަޅުވައިގެން އެންމެ ރަނގަޅު ނަތީޖާ ނުނުކުންނާނެތީއެވެ.

“ބްރައްމަސްތުރާ” ގައި ނުބައިބައި ރޯލު ކުޅެނީ ޓީވީގައި މަސައްކަތް ކުރުމަށްފަހު ބޮލީވުޑަށް ވަަރަށް ފަހުން ނުކުތް އެކްޓްރެސް މޯނީ ރޯއީ އެވެ. މިއީ ފެންޓަސީ-އެކްޝަން ޖޯންރާގެ ފިލްމެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!