މާލެ ސަރަހައްދު ލޮކްޑައުންކުރަން އަދި ނިންމާފައެއް ނުވޭ: މަބްރޫކް

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކުރަން އުޅޭކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާތީ، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އެކަން ދޮގުކޮށްފިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބަބުން މި ހަފުތާގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެ “ވަގުތު” ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ނޫހާ ހަވާލާދީ “އިރު އޮންލައިން” އިންވެސް އެ ޚަބަރު ގެނެސްދީފައިވާނެއެވެ.

ނަމަވެސް އެކަމާ ގުޅިގެން މަބްރޫކް ދާދި ދެންމެއަކު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އެ ޓްވީޓުގައި އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!