އަނެއްކާވެސް ކޮވިޑްގެ މަރެއް

ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ހަތަރު ވަނަ މީހަކު މަރުވެއްޖެއެވެ.

މަރުވަފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 57 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އެމީހާ މަރުވެފައިވަނީ މިރޭ 19:46 އެހާކަންހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަރާއި އެކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 120 އަށް އަރައިފައެވެ.

މިއަދު ކޮވިޑްގައި މަރުވި އަނެއް ތިން މީހުންނަކީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނަކާއި ހަމަ އެފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 80 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން އެފެސިލީޓިގައި ފަރުވާދެމުން ދިޔަ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެއާއެކު މި މަހުގެ މިހާތަނަށް 47 މީހަކު މިވަނީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!