ކޮވިޑާ ގުޅިގެން ޖެންޑާއިން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވެ ހާސްކަން ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި، ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި އެ ބައްޔަށް ފަރުވާހޯދަމުން އަންނަ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ފެސިލިޓީއަށް ޒިޔާރާތް ކުރަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކޮވިޑް ޖެހޭ މީހުން އިތުރުވާތީ، އެ މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުން މިހާރު ކޮންމެ ދުވަހަކު ފެސިލިޓީއަށް ޒިޔާރާތްކުރަން ފަށާފައިވާ ކަމަށެވެ. އެ ޓީމުން ބަލި މީހުންނާ ބައްދަލުކޮށް، އެ މީހުންނަށް ނަފްސާނީ އެހީތެރިކަން ދޭނެއެވެ.

މިނިސްޓްރީން ބުނީ އާއިލާގެ މެމްބަރުން މެޑިކަލް ފެސިލިޓީގައި ތިބޭއިރު ޒިޔާރާތް ނުކުރެވުނަސް ގުޅައި އެމީހުންގެ ހާލު ބެލުން ވަރަށް މުހިންމު ކަމަށެވެ.

އައިޖީއެމްއެޗުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަައި ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައި ތިބިއިރު، ބަލިން ރަނގަޅުވުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އެނދުތައް ފުރުމަކާ ގާތްވެފައިވާއިރު އެތަނުގައި ގިނަ އަދަދަކަށް ދުވަސްވީ މީހުން ވެސް އެބަ ތިއްބެވެ. އަދި އެހާ ގިނަ އަދަދެއްގެ ބަލި މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިފައިވާތީ، ސިއްޙީ ހިދުމަތްތެރިންގެ އަދަދަކަށް މިހާރު ނުކަތައެވެ. މިހެންވެ، ޑޮކްޓަރުން ވެސް އަންނަނީ އެންމެން ގުޅިގެން މިކަން އަރައިގަތުމަށް މަސައްކަތް ކުރުމަށް ބާރު އަޅަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!