ފަރުވާއަށްފަހު ރައީސް ނަޝީދު ހޮސްޕިޓަލުން ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަމުން ގެންދެވި ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފިއެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށްދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގައ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގަތުމުން އެންމެ ފުރަތަމަ ފަރުވާހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހެއްދެވުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ފުރައިވަޑައިގަތީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ފަރުވާ ހޯއްދަވަމުން ގެންދިޔައީ ޖަރުމަންވިލާތުގެ އަަސްކަރީ ހޮސްޕިޓަލެއްގައެވެ.

އިތުރު ފަރުވާއަށް އެ ޤައުމަށް ވަޑައިގަތްތާ ހަފްތާއެއްފަހުން، ރައީސް ނަޝީދު ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އޭގައި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއެކު މިތަކެތި ވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިއިރުގެ ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ނަޝީދަށް ފަރުވާދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން އޭރުވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!