ކޮވިޑް-19 މަރު: ޖުމްލަ އަދަދު 119 އަށް

ކޮވިޑު-19 ގައި މިއަދު ރާއްޖެއިން ތިން ވަނަ މީހަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 119 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް ރޭ ފަތިހު 4:06 ގައި 77 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި އޭގެފަހުން ހެނދުނު 10:54 ގައި 80 އަހަރުގެ ފިރިހެނަކު މަރުވިއެވެ.

އެންމެ ފަހުން މަރުވެފައިވަނީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 56 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ މިއަދު ހަވީރު 15:45 ހާއިރެވެ.

މިއަދު މިހާތަނަށް މަރުވި ތިން މީހުންނާއެކު، އެ ބަލީގައި ރާއްޖެއިން މި މަހު އެކަނި މަރުވި މީހުންގެ އަދަދު 46 އަށް އަރައެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި މަހެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!