އަބްދުއްރަހީމްގެ ދެކަނބަލުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑް ޖެހުނުކަން ރޭ އެނގިވަޑައިގަތުމާއެކު، ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ ހޯމް ކަރަންޓީނުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަބްދުއްރަހީމަކީ ހިތުގެ މައްސަލައެއް ހުންނާތީ ޕޭސްމޭކާ ލައްވާފައި ހުންނަވާ ބޭފުޅެކެވެ. އެހެންވެ، އޭނާ ހިމެނެނީ ކޮވިޑް ބަލީގެ ހައި ރިސްކު މީހުންގެ ކެޓަގަރީގައެވެ.

އެނގިފައިވާ ގޮތުގައި އަބްދުއްރަހީމާއި އަނބިކަނބަލުން ދިޔާނާ ހުސައިންގެ ހާލުކޮޅު ވެސް މި ވަގުތު ރަނގަޅެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުންނެވެ. އަދި އެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މި މަހުގެ މިހާތަނަށް އެކަނިވެސް 45 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!