ފަލަސްތީނުގެ މަސްއަލައަކީ ހުރިހާ މުސްލިމުންގެ މައްސަލައެއް: ހުތުބާ

ފަލަސްތީނުގެ މަސްއަލައަކީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ

ފަލަސްތީނު އިސްލާމީ އުއްމަތުގެ ޒިންމާއެއްގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި އޮތްއިރު ހުތުބާގައި ބުނީ  މިދުވަސްވަރަކީ ފަލަސްދީނުގެ ބިމަށް އަރައި، އަތްގަދަކޮށްގެން ތިބި ޔަހޫދީން، މަސްޖިދުލް އަގްސާގެ ހުރްމަތް ކަނޑައި، އެ ހަރަމްފުޅަށް ނަމާދަށް ދާ މުސްލިމުންނަށް ހުރަސްއަޅައި، އެ މީހުންގެ ލޭ އޮހޮރުވަމުންދާ ދުވަސްވަރެއް ކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ ފަލަސްތީނާއި އަލްގުދުސްގެ މަސްއަލަ އަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއް ކަމަށާއި އިލްމުވެރިން ތަރްޖީހު ދޭ ގޮތުގައި “އަލްމަސްޖިދުލް އަގްސާ ބިނާ ކުރެވުނީ އާދަމްގެ ފާނުގެ ޒަމާނުގައި ކަމަށެވެ.

އިބްރާހީމުގެފާނާއި ލޫތުގެފާނު ފަލަސްދީނުގައި ﷲގެ ދީނަށް ގޮވާލައްވައި، ތައުހީދުގެ ދިދަ އުފުއްލެވި ކަމަށާއި އިބްރާހީމުގެފާނުގެ ދެ ދަރިކަލުން އިސްމާއީލުގެފާނާއި އިސްހާގުގެފާނު އުފަންވެ ވަޑައިގަތީއެ ބިމުގައި ކަމަށާއި ޔައުގޫބުގެފާނާއި ޔޫސުފްގެފާނު ދުނިޔެއަށް ވަޑައިގަތީ ވެސް ހަމަ އެ ބިމުގައި ކަމަށް ހުތުބާގައި ބުނެ އެވެ.

ފަލަސްތީނުގެ މަސްއަލައަކީ ދާހިލީ މަސްއަލައެއް ނޫން ކަމަށާއި އެއީ އަރަބިންގެ މައްސައަލައެއް ވެސް ނޫން ކަމަށާއި އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށް ވެސް ހުތުބާގައި ބުނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!