ކޮވިޑް ގައި އަނެއްކާވެސް މަރެއް

ވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ 80 އަހަރުގެ އަންހެނެއް ނިޔާވެފައިވާ ކަމަށެވެ. އެ މީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 10:54 ހާއިރުއެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 118 ވަނަ މީހާއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 4:06 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ 77 އަހަރުގެ ފިރިހެނެއް ވަނީ ނިޔާވެފައެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 117 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން މިހާތަނަށް މިބަލީގައި 45 މީހުން ވަނީ މިމަހުގެ މިހާތަނަށް ނިޔާވެފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން އެޗްއީއޯސީ ފާހަގަކުރައްވައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ އަދި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!