އަނެއްކާ ވެސް އިތުރު މަރެއް، ކޮވިޑްގެ މަރު 117ށް

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ 77 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. އެ މީހާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 4:06 ހާއިރުއެވެ.

މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 117 ވަނަ މީހާއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ އިތުރު ދެމީހަކު ނިޔާވެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 9:00ހާއިރު ފުރަތަމަ ނިޔާވެފައިވަނީ 72 އަަހަރުގެ ފިރިހެނެކެވެ. މި މީހާއަށް ވެސް ފަރުވާދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. މިއީ މިބަލީގައި ނިޔާވި 115 ވަނަ މީހާއެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 93 އަހަރުގެ އަންހެނެއް ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 10:44 ހާއިރުއެވެ. މިއީ މިބަލީގައި ނިޔާވި 116 ވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން ބުރާސްފަތި ދުވަހު ވެސް އިތުރު ދެ މީހުން ނިޔާވެފައިވެއެވެ. އެއީ އުމުރުން 36 އަހަރުގެ ނޭޕާލުގެ ފިރިހެނަކާއި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިފަހުން އެންމެ ގިނަ މީހުން އެއްދުވަހާ ނިޔާވެގެން ރިޕޯޓްކޮށްފައިވަނީ މި މަހުގެ 19ވީ ބުދަ ދުވަހުއެވެ. އެދުވަހު އެކަނި 7 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު ކޮންމެ ދުވަހަކު ވެސް ދަނީ ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!