ކޮވިޑް ޖެހުމަށްފަހު ލޮލުގެ ފެނުން ގެއްލޭ ފަންގަލް އިންފެކްޝަންއަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ

ކޮވިޑް ޖެހުމަށްފަހު ލޮލުގެ ފެނުން ގެއްލޭ އިންފެކްޝަން، މިއުކޯމައިކޮސިސް އަށް ޝައްކުކުރެވޭ މީހަކު ފެނިގެން ޓެސްޓުތައް ހެދުމަށް ނިންމައިފިއެވެ.

ލޮލުގެ ފެނުން ގެއްލޭ، މިއުކޯމައިކޯސިސް އަކީ ދުނިޔޭގައި މަދުން ފެންނަ، ނުރައްކާތެރި އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ ސަބަބުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލުމުގައު ދަތިތަކާ ކުރިމަތިލާން ޖެހި ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެ އެވެ. ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.

ބްލެކް ފަންގަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ޓެސްޓުތައް މިއަދު ވަނީ ހަދަން ފަށާފައެވެ. އެގޮތުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ އެ ޓެސްޓުތަކުގެ ނަތީޖާއަކަށް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ.

މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ އިންޑިއާގައެވެ. އެގޮތުން އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓާއި ގުޖުރާތު ސްޓޭޓުގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!