ރާއްޖެއިން މިއަދު ކޮވިޑްގެ ރެކޯޑެއް، 2194 މީހުން ޕޮސިޓިވް

ރާއްޖެއިން އިތުރު 2،194 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ރާއްޖޭގައި އެއްދުވަހެއްގައި އެންމެ ގިނަ ކޯވިޑް-19ގެ ކޭސްތައް ރިޕޯޓުކުރި ދުވަހެެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގައި ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 691 މީހުންނެވެ. މީގެތެރޭގައި  1،698 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 467 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 29 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 50،802އަށް އަރާފައެވެ.

މިވަގުތު 20،276 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 558 ކުއްޖަކާއި، 65 އަހަރުން މަތީގެ 91 މީހުން ހިމެނެއެވެ. މީގެތެރެއިން 280 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 16 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، މީގެ ތެރެއިން 8 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 759މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 30،403 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 7259 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 114މީހުންވަނީ ނިޔާވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!