އީސަ ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރެ ނުދިން

ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ހައްޔަރުކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލައިގައި އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް މިއަދު އެދިފައިވަނީ އެކަމަށް ފުލުހުން އެދުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމަށް އަމުރު ނެރެވޭނީ ޕީޖީ އޮފީހުން އެދުމުންނެވެ.

އީސާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ އަދި ޖިނާއީ ތަހްގީގު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވަނީ  ފަށާފައެވެ.

މެންބަރު އީސާގެ މައްޗަށް ވަނީ އަނބިކަނބަލުން އަސްރާ ނަސީމަށް ވަރަށް ބޮޑަށް އަނިޔާކޮށް ދަރިފުޅު ނުވަވަނަ ފްލޯގެ ބެލްކަނީ އިން ވައްޓާލަން އުޅުންކަމުގެ ތުހުމަތުތަކެއް ކުރެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!