ޤައުމީ މަޖިލީހުންނާއި، އެތެރޭގެ ކޮމެޓީތަކުން އީސަ އެކަހެރިކުރުމަށް އެމްޑީޕީއިން ނިންމައިފި

ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ތަހުގީގު ނިމެންދެން ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްްގަައި ބުނީ، އީސާގެ މައްޗަށް ތުހުމަތުކުރެވޭ އެ އަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާހިނދު، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހްގީގެއް އަވަހަށް ހިންގަވައިދެއްވުމަށް އެ ޕާޓީން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލާ ކަމަށެވެ. 

ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެ ބަޔާނުގައި އިތުރަށް ބުނީ އީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލާގައި އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން މިއަދުވަނީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން، ޕާޓީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް ނިންމާފަ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީސާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ އަދި ޖިނާއީ ތަހްގީގު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވަނީ  ފަށާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!