މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އީސަ އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެމްޑީޕީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އިސްތިއުފާ ދެއްވައިފިއެވެ.

އީސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރަމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދެއްވުމަށްޓަކާ ކަމަށެވެ.

އީސަ ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ދިވެހި ފުލުހުންނާމެދު އިތުބާރު އޮތް ވާހަކައާ ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!