މީގެ ކުރިން ހޯދާފައިވާ މަސްތުވާ ތަކެތި

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން އަދި ގއ. ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އެ އޮޕަރޭޝަން ތަކުގައި ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންގެ އިތުރުން 31 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުުހުން ބުނެއެވެ.

މި މީހުންގެ ތެރެއިން 31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު މި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ކަރުދާސްކޮޅާއި ހަތަރު ސެލޯފިންކޮޅު ފެނިފައި ވާކަމަށާއި, އަދި އެ ގޭގެ ގޯތި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ސެލޯފިންކޮޅު ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން، ގދ. ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް 24 އަހަރުގެ މީހަކާއި 26 އަހަރު ދެ މީހުން ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ އޮޕަރޭޝަނުގައި، އެ ތިން މީހުން ދިރިއުޅޭ ގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅާއި ފަސް ރަބަރު ޕެކެޓު ފުލުހުން ހޯދާފައިވެއެވެ.

ގދ. ތިނަދޫން ފުރައިގެން ގއ. ކަނޑުހުޅުދުއަށް ދަތުރުކުރި ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި މަހު 16 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ފެރީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓާއި ދެ ރަބަރުކޮޅު ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!