އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 85 އިންސައްތަ ނިމިއްޖެ

ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %85 ނިމިއްޖެއެވެ.

މިމަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިއެވެ.

މި މަޝްރޫޢުގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި، 1،560 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫޢުއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!