އޭޓީއެމް ފެއާގެ ތެރެއިން ގިނަ ބަޔަކަށް ރާއްޖެއާ ގުޅޭ މައުލޫމާތުދީފި

މިހާރު ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް، އޭ.ޓީ.އެމްގެ ފެއާގެ ތެރޭގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އިތުރު ދެ ހަރަކާތެއް ބާއްވައިފިއެވެ.

ރާއްޖޭގެ މަޤްބޫލް ނަން ދަމަހައްޓައި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި މެދުއިރުމަތީގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީންވަނީ “މޯލްޑިވްސް-މީޑިއާ މީޓް”ގެ ނަމުގައި ޕްރެސް ކޮންފަރެންސަކާއި “ކަނެކްޓް ވިތް މޯލްޑިވްސް، ޔޯރ ސޭފް ހޭވަން” ގެ ނަމުގައި ރޯޑްޝޯއެއް ދުބާއީގައި ބާއްވާފައެވެ. މި ދެ ހަރަކާތަކީ މެދުއިރުމަތީގެ މީޑިއާތަކާއި ޓްރެވަލް ޓްރޭޑަށް ޚާއްސަކުރެވިގެން ކުރިއަށް ގެންދިޔަ ދެ ހަރަކާތެވެ.

“މޯލްޑިވްސް-މީޑިއާ މީޓް”ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި މެދުއިރުމަތީގެ ބޮޑެތި ޓްރެވަލް ޓްރޭޑް މީޑިއާތަކުންވަނީ ބައިވެރިވެފައެވެ. މި ޕްރެސް ކޮންފަރެންސްގައި އެމްއެމްޕ÷ީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދާއި، ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ އާއި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޗީފް މާކެޓިންގ އޮފިސަރ ފާތިމަތު އަފްރާ ވަނީ މީޑިއާތަކަށް ރާއްޖެއާއި ގުޅޭ މައުލޫމާތުތައް ދެއްވާފައެވެ.

އެގޮތުން މި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރ ތައްޔިބު މުޙައްމަދު ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދި ކާމިޔާބީތައް ހިއްސާކޮށްފައެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ރާއްޖޭގެ ބޯޑަރު ހުޅުވާފައިވާކަން ޠައްޔިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ހިންގަމުން އަންނަ، “އައި އޭމް ވެކްސިނޭޓަޑް” ކެމްޕެއިންއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފާހަގަކުރުމަށް ހިންގަމުން އަންނަ ހަރަކާތްތަކާ ބެހޭ މަޢުލޫމާތުވެސް ތައްޔިބު ހިއްސާކުރެއްވިއެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ އައިމިނަތު ޝަބާނާ ވަނީ ޚާރިޖީ ސިޔާސަތާ ގުޅޭ މައުލޫމާތުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރެވެމުން އަންނަ ޓްރެވަލް ކޮރިޑޯއާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތުވަނީ ދީފައެވެ


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!